ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ހާއްސަ ސެޝަނެއް ބާއްވައިފި
ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ އަދި ޝައުގުވެރި ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ މިހާރު ކުރިއަށްދާ "ކެޓެނޭޓް ޕްރޮޖެކްޓް" ގެ ދަށުން، އެ ޓީމުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވަކި ސަރަޙައްދުތައް ހިމާޔަތްކުރުން، ރޭންޖަރުން ކުރާ މުހިންމު މަސައްކަތްތައް، އަދި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
މި ސެޝަންގައި ދަރިވަރުންގެ ފަރާތުން ފެނިގެންދިޔަ ޝައުގުވެރިކަމާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ފުނަދޫ ސްކޫލުން ދެއްވި އެއްބާރުލުން މި ޕްރޮޖެކްޓްގެ ޓީމުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮޖެކްޓްގެ ދަށުން އިތުރު ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ހޭލުންތެރިކުރުމުގެ ސެޝަންތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.
