ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝާންސް ފަހުމުނާމާ އެއްގައި ސޮއި ކޮށްފި
"އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައި ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.) އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި، ނިއުޔޯކްގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް އެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ހިޒް އެކްސަލެންސީ ގަރލިޗް ރަޑްމެން އެވެ. އަދި މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.
-1790261980658.webp)
މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ."
-1790261966339.webp)