އައްޑޫ ލިންކް ރޯޑް 4 ލޭނަށް ފުޅާކުރުމުގެ މަޝްރޫއު ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި
އައްޑޫ ސިޓީ ލިންކް ރޯޑް އަލުން ތަރައްގީކޮށް 4 ލޭނަށް ފުޅާކުރުމުގެ މަޝްރޫއު، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދިއުމަށް ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
މި އެއްބަސްވުމުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކުރުމާއެކު، ޖުމްލަ 12.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
