24 ވިޔަފާރިއެއް ބަލައިފާސްކޮށް އެއް ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދީފި
ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 21 ސެޕްޓެންބަރު 2026 ގައި 24 ވިޔަފާރިއެއް ވަނީ ބަލައިފާސްކޮށްފައެވެ.
މިގޮތުން ސެޕްޓެންބަރު 21 ވަނަ ދުވަހު 24 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، މީގެ ތެރެއިން ބަންދުކޮށްފައި ވަނީ 1 ވިޔަފާރިއެކެވެ.
އަދި މީގެ ތެރެއިން 22 ވިޔަފާރިއެއް ހިންގަމުންދަނީ ގަވާއިދާ އެއްގޮތަށް ކަމަށް އިންސްޕެކްޝަނަށް ވަނީ ފާހަގަކުރެވިފައެވެ.
