logo
banner image

އައިއެސްޑީބީގެ ރީޖަނަލް ހަބް ޑާކާގެ ވެރިޔާ މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ ރީޖަނަލް ހަބް ޑާކާގެ ވެރިޔާ އަލީ މުހައްމަދު ހާން، މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ އަބްދުﷲ މުއްތަލިބުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ދެފަރާތަށް ވެސް ފައިދާހުރި އަދި ގުޅުންހުރި މުހިންމު ދާއިރާތަކާ ބެހޭގޮތުން މިނިސްޓަރާއި އައި އެސްޑީބީގެ މަންދޫބުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.