ސަދަން އޭރިއާ ކޮމާންޑާއި އުރީދޫ ގުޅިގެން ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ ޕްރޮގްރާމެއް
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އުރީދޫ މޯލްޑިވްސް ގުޅިގެން ފުވައްމުލަކު ސިޓީގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުވައްމުލަކު ސިޓީ، ދަޑިމަގު އަވަށު 'ދަޑިމަގު ފަންނު’ ސަރަހައްދުގައި، މިއަދު ހެނދުނު މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދާއި ފުވައްމުލަކު ސިޓީ މޭޔަރާއި، އުރީދޫ މޯލްޑިވްސް ފުވައްމުލަކު ބްރާންޗްގެ މެނޭޖަރެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ލީޑަރޝިޕާއި ފުވައްމުލަކު ޕޯސްޓްގެ ސިފައިންނާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެ، ގަސް އިންދާފައިވެއެވެ.
މިއަދު އިންދާފައިވާ ގަސްގަހުގެ ތެރޭގައި މަގޫގަހާއި، އުނިގަހުގެ އިތުރަށް ކާނި ގަހާއެކު ޖުމްލަ 550 ގަސް އިންދާފައިވެއެވެ.
މި ޕްރޮގްރާމްގައި ހޭޅިފަށުގައި ހެދޭ ބާވަތުގެ ޖުމްލަ 3000 ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.
