ތަރުބަވި ކެއާރ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި
ޅ. ނައިފަރު ތަރުބަވި ކެއާރ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ފަޔަރ ސޭފްޓީ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ތަރުބަވި ކެއާރގައި ކުރިއަށްދިޔަ މި ސެޝަންގައި އެ ކެއާރގައި މަސައްކަތްކުރާ 5 މުވައްޒަފުން ބައިވެރިވިއެވެ. މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.
