logo
banner image

އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްގެ އުސޫލުތަކަށް ކޮމްޕްލައިވުމާ ގުޅޭ

3 ސެޕްޓެންބަރު 2024 ގައި ތަޞްދީޤުކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، މި މިނިސްޓްރީން ވަނީ 8 އޮކްޓޯބަރު 2025 ގައި ފޮރިން އިންވެސްޓްމަންޓްގެ އައު ދާއިރާތަކެއް އިޢުލާނުކޮށްފައެވެ. މި މިނިސްޓްރީގެ ނަންބަރު (IUL)101-IM/PRIV/2025/2 އިޢުލާނުގައި (ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތައް އިޞްލާޙުކުރުން) ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭރުގެ ވިޔަފާރިތަކުން ޢަމަލުކުރަން ޖެހޭކަން ހަނދާންކޮށްދެމެވެ.

މިހާރު ޢަމަލުކުރަމުން ގެންދާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ގެ ދަށުން، ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރުން  ބަންދުކުރެވިފައިވާ ދާއިރާއެއްގައި ވިޔަފާރި ކުރުމަށް ކުރިން ދޫކޮށްފައިވާ ހުއްދައަކާ ގުޅިގެން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، އެ  ވިޔަފާރިތަކުން އެގްޒިޓް ވުމަށް ވާނީ އިޢުލާންކޮށްފައެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައިވާ ދާއިރާތަކަކީ ދިވެހިންނަށް ޙާއްސަކުރެވިފައިވާ، އަދި ބޭރުގެ ވިޔަފާރިތަކަށް ވިޔަފާރި ކުރުން ބަންދުކުރެވިފައިވާ ދާއިރާތަކެވެ.

1. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

2. ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތްތައް

މި ދާއިރާތަކުގައި ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ކުންފުނިތަކުން، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް، މި ދާއިރާތަކުގައި ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެއެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބޭރު ކުންފުނިތަކުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއާ ކޮމްޕްލައިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދަންނަވަމެވެ.

މިނިސްޓްރީން އިއުލާނުކޮށްފައިވާ ޓްރާންސިޝަން  އެރޭންޖަމަންޓްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީއާ ވީ އެންމެ އަވަހަށް ގުޅުއްވުމަށް އިލްތިމާސްކުރަމެވެ.

ޓްރާންސިޝަން އެރޭންޖްމަންޓުތަކާ ގުޅޭގޮތުން މިނިސްޓްރީން ގުޅަން މަސައްކަތް ކުރަމުންދާ ކުންފުނިތައް

މިނިސްޓްރީގެ ރެކޯޑުތަކުގައި ހުރި މައުލޫމާތުތަކަށް ބިނާކޮށް، އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އަށް ކޮމްޕްލައިވާންޖެހޭ ކުންފުނިތަކާ އީމެއިލްގެ ޒަރީއާއިންނާއި ފޯނުން ގުޅުމަށް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެހެންނަމަވެސް، މިނިސްޓްރީން ކުރި މަސައްކަތުން ތިރީގައިވާ ކުންފުނިތަކުން ދެއްވާފައިވާ ނަންބަރުތަކުން ގުޅޭގޮތް ވަނީ ނުވެފައެވެ. މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުގައި، މި ކުންފުނިތަކަކީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ނުވަތަ ސީ.އެސް.އޭ/ޖީ.އެސް.އޭ/ޕީ.އެސް.އޭ ގެ ޚިދްމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ކުންފުނިތަކެކެވެ.

ވީމާ، އިސްވެ ބަޔާންކުރެވުނު ކުންފުނިތަކުން ނުވަތަ އެ ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން، ހުއްދަދެވިފައިވާ މަންދޫބުން ނުވަތަ ކަމާބެހޭ އެހެނިހެން ފަރާތްތަކުން އިންވެސްޓް މޯލްޑިވްސްއަށް ގުޅުއްވައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއާ ކޮމްޕްލައި ވުމަށް ކުރިއަށްގެންދަންޖެހޭ ތިރީގައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

  • ކުންފުންނިން ޢަމަލުކުރަންޖެހޭ އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކުރުން.
  • އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އުސޫލުތަކުގެ ދަށުން ކޮމްޕްލައިވުމަށް ޢަމަލުކުރަން ޖެހޭ ގޮތް ދެނެގަތުން.
  • ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޮމްޕްލައިވުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުން.

މިނިސްޓްރީގެ މަޤްޞަދަކީ އިންތިގާލީ މަރުހަލާގެ ކަންކަން ފުރިހަމަ ކުރުމުގައި ވިޔަފާރިތަކަށް ދޭންޖެހޭ އެހީތެރިކަމާ ލަފާ އެފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި ވިޔަފާރިތަކުން ހަރަކާތްތެރިވުމަށް ބާރުއެޅުމެވެ. 

ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅޭގޮތުން ވިޔަފާރިތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްނުކުރައްވައި މިނިސްޓްރީއާ ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެމެވެ.

ގުޅޭނެ މައުލޫމާތު:

އިންވެސްޓް މޯލްޑިވްސް، ފޮރިން އިންވެސްޓްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، 11 ވަނަ ފަންގިފިލާ، ވެލާނާގެ، މާލެ 20096، ދިވެހިރާއްޖެ

ފޯނު: 3333181 / 3333182

އީމެއިލް: [email protected]

މިނިސްޓްރީގެ އިއުލާން ނަންބަރު (IUL)101-IM/PRIV/2025/2 (8 އޮކްޓޯބަރ 2025) ގެ ދަށުން ބޭރުގެ ވިޔަފާރިތަކުން ހަރަކާތްތެރި ނުވެވޭނެ ކަމަށް ކަނޑައަޅާފައިވާ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖަންޓްސްގެ ޚިދްމަތްތަކުގައި، ހަރަކާތްތެރި ވުމަކީ މަނާކަމެއް ކަމުގައި ހަނދާންކޮށްދެމެވެ.