logo
banner image

ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ފުރަތަމަ ކޯސް މާލޭގައި ފަށައިފި

ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ކ. މާލޭގައި ފަށައިފިއެވެ.

ހޭންޑްބޯލް ރެފްރީންގެ ކޯސް (ބެޗް 1) އަންގާރަ ދުވަހު ފަށްޓަވައިދެއްވީ މި ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ކޯހަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 އިން އޮކްޓޫބަރު 2 އަށް ކުރިއަށްދާ ކޯހެކެވެ.

ހޭންޑްބޯލް ރެފްރީން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗް ފެށީ 40 ބައިވެރިންނާއެކުއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމެވެ.