logo
banner image

"މަޢުރިފާ" ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބާއްވަނީ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ 'މަޢުރިފާ' ފޮތް މައުރަޒު 2026 އޮކްޓޫބަރު 1 އިން 3 އަށް އޮންނާނެއެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 އިން 3 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިއީ ދީނީ އަދި ޢިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ. އަދި ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި މައުރަޒުގެ މަޤުސަދެކެވެ.

މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހޭ އޮންލައިން ފޯމު ހުށައަޅަން ޖެހޭނެއެވެ.

ފޯމު: https://docs.google.com/forms/d/e/1FAIpQLSdVo5xCOTnmwuOsptg3gofUrMuH2OY28rc0ZHh3R-5D2mu8xA/viewform