logo
banner image

މަލްޓި ޕްރޮޓޮކޯލް ސޮފްޓުވެއަރ ޑިފައިންޑް ސްޓޯރޭޖް ސޮލިއުޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

މަލްޓި ޕްރޮޓޮކޯލް ސޮފްޓުވެއަރ ޑިފައިންޑް ސްޓޯރޭޖް ސޮލިއުޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިމަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ އެދިލެއްވުމުގެ މަތިން، މަލްޓި ޕްރޮޓޮކޯލް ސޮފްޓުވެއަރ ޑިފައިންޑް ސްޓޯރޭޖް ސޮލިއުޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރާ ކަމަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިއުލާނުގައިވެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 10 ސެޕްޓެންބަރު 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި /-38,000.00ރ. (ތިރީސް އަށް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް- ބީލަން ޕޯޓަލް (https://beelan.finance.gov.mv/) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައިވެއެވެ.

އަދި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ ކަމަށާއި، ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެނެވޭ ކަމަށް އިއުލާނުގައިވެއެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 10:00:00ގެ ކުރިން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ބީލަމާއި ގުޅޭ އިތުރު މައުލޫމާތު މި (ލިންކް) އިން ފެނިވަޑައިގަންނަވާނެއެވެ.

އިއުލާނު ނަންބަރު: (IUL)13-K/13/2026/178