logo
banner image

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯހުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ކުލާސްތަކެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން، ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުން ހިންގާ ސްޕެޝަލް ކޮންސްޓަބިއުލަރީ ބޭސިކް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ފަޔަރ ކޮންޓުރޯލް އަދި ސޭފްޓީ ކުލާސްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ސެޝަނުގައި އެ ކޯހުގެ 19 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި ފަޔަރ ކޮންޓުރޯލް އަދި ސޭފްޓީ ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން، އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ، އެތަކެތި އަމަލީ ގޮތުން ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.

މި ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.