ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށަނީ
ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ކ. މާލޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ މި ވުޒާރާއިން މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަން އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 22 ސެޕްޓެމްބަރުން ފެށިގެން 2 އޮކްޓޯބަރާ ހަމައަށެވެ
މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 20 ސެޕްޓެމްބަރެވެ.
މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެއެވެ.
