ބެޑްމިންޓަން ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ށ.މިލަންދޫގައި ފަށަނީ
ބެޑްމިންޓަން އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ށ. މިލަންދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ މި ވުޒާރާއިން ބެޑްމިންޓަން އެސޯސިއޭޝަން އާއި މިލަންދޫ ކައުންސިލް އަދި އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 22 ސެޕްޓެމްބަރުން ފެށިގެން 28 ސެޕްޓެމްބަރާ ހަމައަށެވެ.
މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިލަންދޫގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 19 ސެޕްޓެމްބަރެވެ.
މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެއެވެ.
