ދޯންޏަކުން ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާތީ، ދަތުރުވެރިން ސަމާލުވެލެއްވުމަށް އިލްތިމާސްކުރަން
ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލައި، ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މި ތަކެތި އޮޔާދާކަމަށް ލަފާކުރެވެނީ އިރުމައްޗަށެވެ.
އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ.
