logo
banner image

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެންވަޔަރަންމަންޓް މިނިސްޓަރ ޢަލީ ޝަރީފުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (ހައިކޮމިޝަނަރ) ހިޒް އެކްސެލެންސީ ނިކް ލޯ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ހިޒް އެކްސެލެންސީ ޢަލީ ޝަރީފުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދެފަރާތުން ފާހަގަކުރެއްވިއެވެ.