ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް ފަށައިފި
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރަމް ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރަމް ބޭއްވުމުގެ މަގްސަދަކީ އާބަވަތެއްގެ މަސްވެރިކަން ތައާރަފް ކުރުމާއި ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމެވެ.
މި ތަމްރީންގެ ފުރަތަމަ ބުރު 15 ސެޕްޓެމްބަރ ގައި ފުވައްމުލައްސިޓީގައި 14 ބައިވެރިންނާއި އެކު ވަނީ ފަށާފައެވެ.
މީގެއިތުރުން މި ތަމްރީނުގެ ދެވަނަ ބުރު ގދ. ފިޔޯރީގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
