މި އަހަރު އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އާއިލީ މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 36 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކުގެ 19 މައްސަލަ، ހަޟާނާގެ މައްސަލަތަކުގެ 12 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 05 މައްސަލައެވެ.
ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 18 މައްސަލައާއި ފިރިހެން ކުދިންގެ 18 މައްސަލައެވެ.
