ފުޓްބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ވ.ފެލިދޫގައި ފަށަނީ
ފުޓްބޯޅަ އަދި ފުޓްސަލް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ވ.ފެލިދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިއީ މި ވުޒާރާއިން އެފްއޭއެމް އާއި ފެލިދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 22 ސެޕްޓެމްބަރުން ފެށިގެން 1 އޮކްޓޯބަރާ ހަމައަށެވެ. މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ކްލާސްތައް ނަގައިދޭނީ އެފްއޭއެމްގެ އިންސްޓްރަކްޓާރސްއެވެ.
ފެލިދޫގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 17 ސެޕްޓެމްބަރެވެ.
ކޯހުގައި ރަޖިސްޓްރީވާން ބޭނުންވާ ފޯމުގެ ލިންކް:
docs.google.com/forms/d/e/1FAI…
