logo
banner image

މިނިސްޓަރ ޢަލީ ޝަރީފް، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، މިނިސްޓަރ ޢަލީ ޝަރީފާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމާ ގުޅޭ އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަކޮށް ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.

ެ.