ގާލްސް ތަމްރީނާއި ހޯމް ގާޑެނިންގެ ތަމްރީންތަކެއް ށ. ޅައިމަގުގައި ކުރިޔަށް ގެންގޮސްފި
ޖެންޑާ އެކްޝަން ލާނިން ސިސްޓަމް(ގާލްސް) އަދި ހޯމް ގާޑްނިން ތަމްރީންތައް ށ. ޅައިމަގުގައި ކުރިޔަށް ގެންގޮސްފިއެވެ.
އުތުރުގެ ތިން އަތޮޅަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ މެޕް ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދާ ޖެންޑަރ އެކްޝަން ލާރނިންގ އިނޮވޭޝަން އަކީ މުޖުތަމަޢު އަދި އަމިއްލަ ނަފްސު ބާރުވެރިކުރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެވެ. އެގޮތުން މި ތަމްރީން އިން ދަސްކޮށްދެވިފައިވާ 05 ޓޫލްއަކީ ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިޔަ އަދި އޭގެއިން އަމިއްލަ ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމަށް ބޭނުން ކުރެވޭނެ ޓޫލްސްތަކެކެވެ.
ގާލްސް ތަމްރީންތަކުގައި ޅައިމަގުގެ 25 ފަރާތެއް ވަނީ ތަމްރީންތައް ފުރިހަމަކޮށްފައެވެ. އަދި ގާލްސް ތަމްރީންތައް ނިންމުމުން ބާއްވާ ހޯމްގާޑެނިން ތަމްރީންތައް އެރަށުގައި ކުރިޔަށް ގެންގޮސްފަިއ ވާއިރު، އެތަމްރީންތައް 24 ފަރާތްކުން ވަނީ ފުރިހަމަކޮށްފައެވެ.
4 ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 06 ބާވަތެއްގެ ގަސް ހެއްދުމަށް ދަސްކޮށްދެވިފައިވެއެވެ.
