logo
banner image

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން، ކޯސްޓްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި

އަރަބިއްޔާ ސްކޫލު ގްރޭޑް 3ގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފިއެވެ.

ސެޕްޓެންބަރު 6ވަނަ ދުވަހު ކޯސްޑްގާޑު ޝިޕް ޣާޒީއަށް ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 55 ދަރިވަރުންނާއި 10 މުދައްރިސުން ބައިވެރިވިއެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މަޢުލޫމާތުގެ އިތުރުން ކޯސްޓްގާޑު ޝިޕުގައި ބޭނުންކުރާ ބައެއް ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޣާޒީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.