އައްޑޫ ސިޓީ، ފޭދޫ ސްކޫލުގެ ދަރިވަރުން، ކޯސްޑްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފި
އައްޑޫ ސިޓީ، ފޭދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޑިޕްލޯއިކޮށްފައިވާ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ސެޕްޓެންބަރު 5ވަނަ ދުވަހު ފޭދޫ ސްކޫލުގެ ގްރޭޑް 8،7 އަދި 9 ގައި ތަޢުލީމު ހާސިލުކުރާ ޖުމްލަ 82 ދަރިވަރުންނާއި 17 މުދައްރިސުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ކަނޑުމަތީގައި ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތީ އާލާތްތައް ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި މީގެ އިތުރުން ކޯސްޓްގާޑުގެ ދައުރާއި، މަސްއޫލިއްޔަތުގެ އިތުރުން ޒިންމާއާ ބެހޭ ގޮތުން ވެސް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފޭދޫ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތަކީ، ދަރިވަރުންގެ މެދުގައި މެރިޓައިމް އެވެއަރނަސްއާއި، ކަނޑުމަތީގެ ސަލާމަތާ ގުޅޭ، ކޮންމެހެން އެނގުން މުހިންމު މަޢުލޫމާތު އެ ދަރިވަރުން އުނގެނުމުގެ މަގުސަދުގައި ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ސެއިލަރުންނެވެ.
