ދިވެހި ވެލީގެ ސިފަތައް
ދިވެހި ބިމުގައި ވެލި އުފެދިފައިވަނީ ގަލާއި އަކިރީގެ ބައިތަކުންނެވެ. މި ވެލި އުފެދިފައިވަނީ ފަރުގެ ބައިތައް ހަލާކުވުމުން އުފެދޭ ގައުކޮޅުތަކުންނާއި ފަރުތަކުގައި ދިރިެުލެ ތަފާތު ދިރޭތަކެއްޗާއި މިތަކެތީގެ ތޮއްޓާއި، ބޮއްޔާއި ކަށިންނެވެ. މި ވައްތަރުގެ ވެއްޔަށް ކިޔަނީ "ގާވެލި" އެވެ.
ރާއްޖޭގެ ރަށްތަކުގައި ވެލީގެ ފަށަލަ އެކުލެވިގެންވަނީ މައިގަނޑު 2 ފަށަލައަކަށެވެ. މަތީފަށަލަ ނުވަތަ ޓޮޕް ލޭޔަރ އުފެދިފައިވަނީ ގާވެލިން ނާއި ކަޅުފަސް ފަށަލައަކުންނެވެ. މި ފަށަލަތަކުެގ ފުން މިނަކީ މުޅިއެކު 40-20 ސެންޓި މީޓަރެވެ.
މީގެ ތިރި ފަށަލައަށް ކިޔަނީ "ސަބްސޮއިލް" އެވެ. ނުވަތަ ވެލީގެ ރީތި ފަށަލައެވެ. މި ފަށަލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަރުގެ ގައުތަކެވެ. އަދި ގަލުގެ ގަލުގެ ހަރު އާނެއް އުފެދިފައި ވާނެއެވެ. އާނާއި ހަމައަށް މޫތައް ހެދި އާނުގައި ޖެހުމުން އިތުރަށް މޫތައް އުފެދުން ހުއްޓޭގޮތް ވެއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އާނުގެ ބޯ މިނުގައި 3 ސެންޓި މީޓަރު ހުރެއެވެ.
ދިވެހި ބިމުގައި ކެލްސިއަމް ގިނަވުމުގެ ސަބަބުން ޕީއެޗް މިންގަނޑު ހުންނަނީ 8.0 އާއި 8.5 ވަރަށް މަތީގައެވެ. އަދި ދިވެހި ބިމުގައި ފެން ހަރުލައި ހުރުމުގެ ބާރު ދަށްވެފައި ފަސޭހައިން އަވަހަށް ފެން ފުރޭނިގެން ފަސްގަނޑުގެ ތެރެއަށް ދެއެވެ.
