މަރަދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން އައްޑޫ ސިޓީ، މަރަދޫ ޞިއްޙީ މަރުކަޒުުގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު އައްޑޫ ސިޓީ، މަރަދޫ ޞިއްޙީ މަރުކަޒުުގައި ކުރިއަށް ގެންދިޔަ މި އެވެއަރނަސް ސެޝަނުގައި، އެ މަރުކަޒުގެ 20 މުވައްޒަފުން ބައިވެރިވިއެވެ. އަލިފާންނިވާ ފުޅިއާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަނުގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
