logo
banner image

ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް މިނިސްޓްރީން ފުލުހުންނާއި އެޗްޑީސީއާއެކު މަޝްވަރާކޮށްފި

ހުޅުމާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކުރުމަށާއި، ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ޙައްލުތަކެއް ހޯދުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ، ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.