logo
banner image

ކުންފުނީގެ ޤާނޫނުގެ ދަށުން 28 ކުންފުންޏެއް އުވާލައިފި

ކުންފުނީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައި، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.

މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނުގެ) 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2025/R-83 (ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު އެވެ.

މި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ މިނިސްޓްރީގެ ރަސްމީ ވެބްސައިޓް (https://trade.gov.mv/28145) ގައި ޝާއިޢުކުރައްވާފައެވެ.

މީގެއިތުރުން، މި ނިންމުމާ ގުޅިގެން ނުވަތަ އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިއީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.