ގުރައިދޫ މަގުގެ މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ނިމިއްޖެ
ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ނިމިއްޖެއެެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 2.86 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
