logo
banner image

ނ. ހެނބަދޫ ކައުންސިލުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ނ. ހެނބަދޫ ކައުންސިލުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ހެނބަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ވުޒާރާއާއި ހެނބަދޫ ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.