ވަޒީރު ރާފިޢު، އއ. ފެރިދޫ ކައުންސިލާ ބައްދަލުކުރައްވައިފި
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު، އއ.ފެރިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ އިސްވެރިންނާއި ފެރިދޫ ކައުންސިލް މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެރިދޫ ހިމެނޭ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅިވަރު ވުޒާރާ އިން ފެރިދޫގައި ކުރިއަށް ގެންދާ މަޝްރުއުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ރަށުގައި ކުޅިވަރުތައް ކުރިއަރުވަން ކައުންސިލްގެ ހުރި ވިސްނުން ވަޒީރާ ހިއްސާކޮށް މިވަގުތު ފެރިދޫގައި ހުރި ކުޅިވަރުގެ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު ކައުންސިލުން ވަޒީރަށް ދެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ފެރިދޫ ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ގޮތަށް އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތައް ހުއްޓުމެއްނެތި، ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
