ސިނަމާލެ ބްރިޖަށް 8 އަހަރު: ރައީސް ބްރިޖަށް ޒިޔާރަތް ކުރައްވައިފި
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް" އަށް 8 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބްރިޖަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ބްރިޖަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވަ ސަފީރު ކޮންގް ޒިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓު 2018 ގައެވެ.
