logo
banner image
ޚާރިޖީ ވުޒާރާ

މޯލްޑޯވާގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް އެ ޤައުމު ގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މޯލްޑޯވާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް އެކްސަލެންސީ މިހާއީ ޕޮޕްޗޮއި އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި މޯލްޑޯވާ ގެ ސަރުކާރު އަދި އެންމެހާ ރައްޔިތުންނަށް މޯލްޑޯވާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

‏‎އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖެ އާއި މޯލްޑޯވާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން މަނިކުފާނާ ގުޅިގެން ގާތުން މަސައްކަތްކުރުމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."