ވިޔަފާރިއާއި ތަމްރީނުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ޗައިނާގެ ވަފުދަކާއެކު މިނިސްޓްރީން މަޝްވަރާކޮށްފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ކޮމާސް އިން ޗައިނާ އިންޓަނޭޝަނަލް ސެންޓަރ ފޯ އިކޮނޮމިކް އެންޑް ޓެކްނިކަލް އެކްސްޗޭންޖަސްގެ ޑައިރެކްޓަރ ޖެނެރަލް ޒޫ ޝިއައޮލިއަންގް އިސްކޮށް ހުންނަވައި ވަޑައިގެންނެވި ވަފުދަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ 'ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ ޓްރޭޑް އިން ސަރވިސަސް' އާއި، ތަމްރީނު ޕްރޮގްރާމްތަކުގެ މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ފުރުސަތުތަކާ ގުޅޭގޮތުންނެވެ.
