ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން - ވަޒީރު
މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާލުވެއްޖެއެވެ.
އާރުވެރި މެޖިންގ ގްރާންޓު އިފްތިތާހް ކުރުމަށް މެންހަޓަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާ މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުރުމަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.
މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް އެއީ ހަމަ އެކަނި ސަރުކާރަކަށްވެސް ހައްލުކުރެވޭނެ ގޮންޖެހުންތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު އެ މައްސަލަތައް ހައްލު ކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް،
ވަޒީރު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓާއަށްވެސް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ގަބޫލުކޮށްގެން، ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒަކަށްވީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާހައުލެއް އުފެއްދިގެން ގޮންޖެހުންތައް ހައްލު ކުރެވޭނެ ނިޒާމެއް ކަމަށް ވަޒީރު ވިދާލުވިއެވެ.
