ޖުލައި މަހު ވުޒާރާގެ ހެލްޕްލައިންއަށް ލިބިފައިވާ ކޯލުތަކުގެ އަދަދު
2026 ވަނަ އަހަރުގެ ޖުލައި މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1960 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 68 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1,524 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 368 ކޯލު ވަނީ ލިބިފައެވެ.
ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 503 ކޯލު ވަނީ ލިބިފައެވެ.
