ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާ ގުޅޭ ތަފާސްހިސާބުތައް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2026 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 150 ކުދިންނެވެ. އެގޮތުން، ހިމެނެނީ 87 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.
ހަމައެހެންމެ، ޖުލައި މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ހަވާލުކުރެވިފައިވެއެވެ. އަދި 03 ކުއްޖަކު ޢާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވެއެވެ.
