މި އަހަރު ޖުލައި މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ ޖުލައި މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 14 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 07 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 03 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 04 މައްސަލައެކެވެ.
ހަމައެހެންމެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 03 މައްސަލަ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމާއި އެހީތެރިވުމުގެ 02 މައްސަލަ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 01 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 01 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ޖުލައި މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 05 މައްސަލައާއި އަންހެނުންގެ 09 މައްސަލައެވެ.
