logo
banner image

ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރު މެންދޫ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފި

ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވަށް މިނިސްޓަރު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ރިޒާވްގެ މުހިންމު ސަރަޙައްދެއް ކަމަށްވާ މެންދޫ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަޙައްދުގެ ކަންކަން ބައްލަވާލައްވައިފިއެވެ.

މެންދޫ ސަރަޙައްދަކީ ބާ އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ އެންމެ ޚާއްޞަ އަދި ޙިމާޔަތްކުރެވިފައިވާ އެއް "ކޯ އޭރިއާ" އެވެ. މި ދަތުރުފުޅުގައި ވަޒީރު ވަނީ އެ ސަރަޙައްދު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

މެންދޫ ސަރަޙައްދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ދުރުން ބަލަހައްޓާ އަދި ފާރަވެރިވުމުގެ ނިޒާމު (އާރް.އެމް.އެސް) ސްޓޭޝަން ގާއިމުކޮށްފިވާ ސަރަހައްދެކެވެ.