logo
banner image

މިނިސްޓަރު ޢަލީ ޝަރީފް ހަނިފަރު ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފި

މި އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މިނިސްޓަރު ޢަލީ ޝަރީފް، ބ. އަތޮޅުގައި އޮންނަ ހަނިފަރު ހިމާޔަތްކޮށްފައިވާ ސަރަޙައްދަށާއި، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ހަނިފަރު ބޭއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ހަނިފަރަކީ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ތެރެއިން އެންމެ އަގުހުރި އެއް ޤުދުރަތީ ޚަޒާނާއެވެ.

މި ޒިޔާރަތުގެ ތެރެއިން މިނިސްޓަރު ވަނީ އެ ސަރަޙައްދު ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ރޭންޖަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު ބެލެހެއްޓުމަށާއި، މޮނިޓަރ ކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މިނިސްޓަރު ވަނީ ސީދާ ރޭންޖަރުންގެ ފަރާތުން އޮޅުންފިލުއްވާފައެވެ.

ހަނިފަރު ބޭއަކީ ވަކި މޫސުމެއްގައި ގިނަ ޢަދަދަކަށް އެންމަޑި (މަންތާ ރޭ) އަދި ފެހުރިހި އެއްވާ ސަރަޙައްދެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ޚާއްޞަ ތަނެކެވެ. މިއީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބަލާއިރު ބ. އަތޮޅަށާއި މުޅި ރާއްޖެއަށް ވެސް ނުހަނު އަގުހުރި އަދި މުހިންމު ސަރަޙައްދެކެވެ.