logo
banner image

ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ޓީމާ ވަޒީރު ބައްދަލުކުރައްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަޔޮސްފިއަރ ރިޒާވް އޮފީހުގެ މުވައްޒަފުން ވަނީ އެ އޮފީހުން މިހާރު ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ހަރަކާތްތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ވަޒީރާ ހިއްސާކުރައްވާފައެވެ.

ޔުނެސްކޯ ބާ އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަކީ 2011 ވަނަ އަހަރުން ފެށިގެން، ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ މައިގަނޑު ތިން އަސާސް ކަމުގައިވާ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުން އަދި ތައުލީމާއި ދިރާސާކުރުން ހިމެނޭހެން ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރަމުން އަންނަ މުހިންމު އިދާރާއެކެވެ.

މި ބައްދަލުވުމުގައި ބ. އަތޮޅުގެ ގުދުރަތީ ވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.