logo
banner image

ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

3،698 ސީބީއެމް ވެލި ބަނދަރު ތެރެ އަދި ނެރު ފުންކުރުން

74 މީޓަރުގެ އެއްގަމު ވާޓަރު ޤާއިމުކުރުން (ރޭމްޕާއި ސިޑި ހިމަނާފައި).

3 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް.

24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ.

74 މީޓަރ ދިގު 2 މީޓަރ ފުޅާ ކޮންކްރީޓް ޖެޓީ.

މި މަޝްރޫޢުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 150 ދުވަސްއެވެ.