logo
banner image

ވިލިމާލެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

1.1 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް މުއްސަނދިކުރުން (ވެލިއެޅުން).

150 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް.

181 މީޓަރުގެ ބޮޑުހިލަ ސަބްމާރޖްޑް ބްރޭކްވޯޓަރ.

ކުރިން ހަދާފައިވާ ބްރޭކްވޯޓަރގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުން.

ވިލިނގިލި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 180 ދުވަސްއެވެ.