logo
banner image

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މުޙައްމަދު އާމިރު އަޙްމަދަށް ދެއްވައިފި.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަލްފާޟިލް މުޙައްމަދު އާމިރު އަޙްމަަދަށް ( ފަރެސް ) ދެއްވައިފިއެވެ. މި އިނާމު އާމިރަށް އެރުއްވީ މިއަދު ހއ އުތީމުގައި ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫެރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އާމިރަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު އާމިރު ވަނީ ދިވެހި ދައުލަތަަށް ޚިދުމަތްކޮށްދެއްވާފައެވެ.

މުޙައްމަދު ޢާމިރު އަޙްމަދު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި، އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތާއި ތަމްރީނު ދެއްވުން ހިމެނެއެވެ.

މިއަދު, ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޙައްމަދު ޢާމިރު އަޙްމަދަށް ވަނީ ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.