logo
banner image

1448 ވަނަ އަހަރުގެ ޤައުމީ ޖަލްސާ ހއ އުތީމުގައި ބާއްވައިފި

1448 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު އުތީމުގެ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހުސްބިމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނޮރަބަލް އަބްދުއްރަހީމް އަބްދުالله އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އުތީމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ވަނީ އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޝަރަފު އަރުވާފައެވެ. އަދި މިޖަލްސާގައި ވަނީ ދިވެހި ދަޢުލަތުގެ ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފާއި އިނާމުވެސް ދެއްވާފައެވެ.

އެގޮތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.) މއ. ކަށިމާ, އަލްއުސްތާޛު އަޙްމަދު ޝާކިރަށް ވަނީ އަރުވާފައެވެ. އަދި އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދަށް ( ފަރެސް އާމިރަށް ) ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ވަނީ ދެއްވާފައެވެ. މި ޝަރަފާއި އިނާމު ދެބޭފުޅުންނަށް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މިއި ޤައުމީ ދުވަސް ހއ އުތީމުގައި ޖެހިޖެހިގެން ފާހަގަކުރާ ދެވަނަ އަހަރެވެ. ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ އުތީމަށް ޤައުމީ ދުވަސް ޚާއްސަކުރައްވާ އުތީމުގައި ޤައުމީ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަކީ ރައީސުލްޖުމްހޫެރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.