ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފި
ޕާކިސްތާނުގެ 79 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ ސެނެޓަރ މުހައްމަދު އިޝާގް ދާރ އަށް ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ޚާރިޖީ ވަޒީރުގެ މެސެޖް ތިރީގައި އެވަނީއެވެ.
" ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި، ޕާކިސްތާނުގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ދަންނަވަމެވެ.
މިއަހަރަކީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 60 އަހަރު ފުރޭ އަހަރެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް އެކުވެރިކަމާއި، ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިއްމު މުނާސަބަތެކެވެ. މި ހާއްސަ މުނާސަބަތުގެ ސަބަބުން އަޅުގަނޑުމެންގެ ގާތް އެކުވެރިކަން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް އާ ފުރުޞަތެއް ތަނަވަސްވެގެންދާނެ ކަމަށް ޤަބޫލުކުރަމެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާން އާ ދެމެދު އޮތީ އިސްލާމީ އަހުވަންތަކަމާއި، ދެފަރާތުގެ މެދުގައި އޮތް އިހުތިރާމާއި، ބަދަހި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އެކުވެރި ގާތް ގުޅުމެކެވެ. މިއަދު، ދެ ޤައުމު ދެމެދުގައި އޮތް މި ގުޅުން އިތުރަށް ވަރުގަދަކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާރކް) މެދުވެރިކޮށް ސަރަހައްދީ އެއްބާރުލުން އަލުން އާލާކޮށް، ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން، އަދި ފާގަތިކަން އިތުރުކުރުމަށް ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަށް ވެސް އަރުވަމެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި މަނިކުފާނާ ބައްދަލުކޮށް، ދެފަރާތުންވެސް މަސްލަހަތު ހުރި ކަންކަމުގައި މާނަވީ ގޮތެއްގައި މަޝްވަރާކޮށްލުމަށް އަޅުގަނޑު އުންމީދުކުރާ ވާހަކަވެސް ދެންނެވީމެވެ
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރެވުމަށް މި ފުރުޞަތު ބޭނުންކުރީމެވެ."
