logo
banner image

ސަރުކާރުގެ މުއާސަލާތީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސަރުކާރުގެ އިދާރާތަކުން އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކާއި ހަބަރުތައް ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި، "ނިއުސްރޫމް - ސްޓޭންޑަޑް ރައިޓިން ފޯ ގަވަރްންމަންޓް ކޮމިއުނިކޭޝަންސް" ގެ ނަމުގައި ހާއްސަ ތަމްރީނު ސެޝަނެއް މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމެންޓް އެންޑް އެނަރޖީއިން ބާއްވައިފިއެވެ.

މި ތަމްރީނު ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ވަރުގަދަކުރުމަށާއި، ރަސްމީ މުއާސަލާތުތަކުގައި ބޭނުންކުރާ ބަސްމަގާއި ލިޔުންތެރިކަން މިހާރަށްވުރެ ހަރުދަނާކޮށް ތޫނުފިލި ކުރުމަށެވެ. މީގެ އިތުރުން، ސަރުކާރުން ހާމަކުރާ މައުލޫމާތުތަކަކީ އާންމުންނަށް ސާފު އަދި އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވާ މައުލޫމާތުތަކަކަށް ހެދުމަށް މި ސެޝަންގައި ބާރުއަޅާފައިވެއެވެ.

މި ސެޝަން ނަގައިދެއްވީ ރާއްޖޭގެ މަޝްހޫރު މީޑިއާ އެޑިއުކޭޓަރ އަދި ތަމްރީނުލިބިފައިވާ ނޫސްވެރިއެއް ކަމަށްވާ ޝަމްޢާން ޝާކިރެވެ. އޭނާ ވަނީ ނިއުސްރޫމްތަކުގައި ހަބަރު ތައްޔާރުކުރާ އުސޫލުތަކާއި، ފަންނީ ހުނަރުތަކުގެ އިތުރުން އަމަލީ ގޮތުން ލިޔުންތެރިކަން ކުރިއަރުވާނެ ގޮތުގެ މުހިންމު އިރުޝާދުތަކެއް ބައިވެރިންނަށް ހިއްސާކުރައްވާފައެވެ.

މި ތަމްރީނުގެ ތެރެއިން ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދިނުމުގައި ސާފުބަހުން ވާހަކަދެއްކުމާއި، މުހިންމު މެސެޖުތައް އާންމުންނަށް އެންމެ ފައިދާހުރި ގޮތުގައި ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދީފައެވެ. މިއީ ސަރުކާރުގެ މުއާސަލާތީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ފިޔަވަޅެކެވެ.