މިއަހަރުގެ ފުރަތަމަ ހަފްތާރެސް ޕްރޮގްރާމް ވޭމަންޑޫގައި ފަށައިފި
ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއަޅާ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ހަފްތާރެސްގެ ޕްރޮގްރާމް ވޭމަންޑޫގައި ފަށައިފިއެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިޙުތިރާމްކުރާ އަޅާލާ މުޖުމަޢުއެއް ބިނާކުރުމެވެ. އަދި މުޖުތަމަޢުގައި ހުރި އިޖްތިމާޢީ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ހޭލުންތެރިކުރުމެވެ.
މިފަހަރުގެ ޕްރޮގްރާމްގެ ސެޝަންތައް ތިމަރަފުށި، ގާދިއްފުށި، ދިޔަމިގިނލި، ވޭމަންޑޫ، ގުރައިދޫ، ހިރިލަންދޫ، ކިނބިދޫ، އޮމަދޫ، ކަނޑޫދޫ އަދި ވަންދޫގައި ކުރިއަށްދާނެއެވެ.
ހޭންތެރިކުރުމުގެ ސެޝަންތައް، ރަށްރަށުގެ އެކި ކޮމިއުނިޓީތަކަށް ބަހާލައިގެން ކުރިއަށްގެންދާނެއެވެ.
އެގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށްގެންދާ ސެޝަންތަކާއި، ޒުވާނުންނަށް ހާއްސަ ސެޝަންތައްވެސް ކުރިއަށްގެންދާނެއެވެ.
ހަފްތާސްރެސްގެ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ތ އަތޮޅުގެ 7 ރަށަކުން ޖުމުލަ 21 ބައިވެރިން ބައިވެރިވެއެވެ. އެއީ 17 ފިރިހެން ބައިވެރިންނާއި 4 އަންހެން ބައިވެރިންނެވެ.
ހަފްތާރެސްގެ މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިން ތަމުސީލު ކުރަނީ ވޭމަންޑޫ، ކަނޑޫދޫ، ހިރިލަންދޫ، އޮމަދޫ، މަޑިފުށި، ވިލުފުށީގެ އިތުރުން ގުރައިދޫއެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެނީ މި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ވޭމްނޑޫގެ ކައުންސިލްގެ އިތުރުން ވޭމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންނެވެ.
