logo
banner image

"މި ސަރުކާރު އައީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރަނގަޅު ނިޔަތަކާ އެކު"

މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ވަކީން ހާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރަނގަޅު ނިޔަތަކާ އެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތީ އެމަނިކުފާނުގެ މެނިފެސްޓޯ އޮތީ ލިޔެވި ތަރުތީބުކުރެވިފައި ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާލުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސަގައި މެމްބަރުންކުރެއްވި ސުވާލުތަކަށް ޖަވަބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ވަކީން ހާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތަށް ކުރީގެ ސަރުކާރުތަކުން ހުރީ ބޮޑެތި ގޮންޖެހުންތަކެއް އުފައްދާފައި ކަމަށެވެ. ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީރިއަސް މަސައްކަތްތަކެއް ކުރަން ކަމަށާ ޒަމާންވީ ރައްޔިތުންގެ މި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން އައީ ސީރިއަސް މަސައްކަތްތަކެއް ކުރަން ރައްޔިތުންގެ ހުރި މައްސަލަތަކަށް ވަކީން ހާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތަށް ހުރީ ބޮޑެތި ގޮންޖެހުންތަކެއް އުފައްދާފަ. ޒަމާންތަކަކަށް މި އުނދަގޫ ހާލަތުގަ ދިވެހިރާއްޖެގެ މަސްވެރި ސިނާއަތް އޮތީ އެއްވެސް ސަރުކާރެއް ބޭނުމެއް ނުވޭ ހަގީގީ މައްސަލައަށް ހައްލު ހޯދާކަށް

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަން ފަށާފައިވާ ކަމަށާ މަސްވެރި ސިނާއަތުގައި ހުރި މައްސަލަތަކަށް ހަގީގީ ހައްލު ހޯދާ ކަމަށް ވާނަމަ ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ކުރި ހަމަ އެކަނި ކަމަކީ މަސްވެރިންނަށް ސަބްސިޑި ދިނުން އެކަނި ކަމަށަ އެހެން ނަމަވެސް މަސްވެރި ސިނާއަތަށް ކޮށްދޭން ޖެހޭ ކަމަކީ ހަމަ އެކަނި ސަބްސިޑީ ދިނުން ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ފެލިވަރުގަ ހުރި މަސްފެކްޓްރީ އެއީ 50 ޓަނުގެ މަސް ފެކްޓްރީއެއް އެތަނަށް 40 އަހަރު 85 އިންސައްތަ މި ބޭރު ކުރަނީ ރޯ މަހުގެ ގޮތުގަ މަސް އެކްސްޕޯޓް ކޮސްގެން މި ލިބޭ އަމްދަނީ ތިންގުނަ އެބަ ކުރެވޭ އެ މަސްކޮޅު ދަޅަށް ލެވިއްޖެޔާ ނުވަތަ ވެލިއު އެޑް ކުރެވެއްޖިޔާ މިކަންކަން ކުރީ ސަރުކާރުތަކަށްވެސް އިނގޭ އެކަމަކުވެސް މިކަންކަމަށް އެއްވެސް މަސައްކަތްތަކެއް ނުކުރޭ އަޅުގަނޑުމެން މި 50 ޓަނު މި ބަދަލު ކުރަނީ 300 ޓަނަށް އެއީ އެކި ސަރަހައްދުތަކުގަ ފެކްޓްރީ އަޅައިގެން

އެހެން ސަރުކާރަކުން މަސްވެރި ސިނާއަތަށް އިންވެސްޓު ނުކުރާވަރަށް މި ސަރުކާރުން އިންވެސްޓުކޮށް އެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.