logo
banner image

ރ. ފައިނުގެ ގިރާ ސަރަހައްދާއި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މިނިސްޓްރީން ކައުންސިލާ މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ރ. ފައިނު ކައުންސިލާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

11 އޮގަސްޓް 2026 ވީ އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ފައިނުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުންނާއި، އެ ރަށުގައި މިހާރު ކުރިއަށްދާ ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފައިނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މީގެ އިތުރުން، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މިހާރު ކުރިއަށްދާ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، އެ މަޝްރޫއުތައް ނިންމުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުންވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.

މި ސަރުކާރުން ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމުތައް ގާއިމުކުރުމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި، ފައިނު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ.