"އިޤުތިޞާދުގެ ދެފަރާތް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމަށްޓަކައި، އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން "އިޤުތިޞާދުގެ ދެފަރާތް" ނަމުގައި ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެން، ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިނިސްޓަރުގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
